ވަގާ މީގޮނާ ނިމިދިޔަ
ގޮތަށްބާ؟
ޝަކީލާ ޙާމިދު
ހިތާމައިގެ
ރަހައިން މިއަރުތެރެވެ ހިތި
ހިތާމޭގެ ކެކުޅުންތަކުން ޖާނުނެތި
މުރާދުގެ
ދަތުރު މަންޒިލަށް ގޮނޑުކުރަން
ދުރާލާ ފެށީމޭ ނުހަނު ލޯބިވެތި
އުފާވެރިކަމުގެ
ރާގު ކިޔަމުންއެކީ
އުފާކުރުވި މަންޒަރު ތަކުގެ ކުލަ ރިވެތި
ނެތޭ
ހާއަޅާލާނެ އެއްވެސްތަނެއް
ގެތޭ ކަސަބު ފަށްތައް ފަދައިން
ބަދަހި ފިތި
ވެވޭ
އެއްކަމެއްވެސް ނެތޭ ވަތްކަކުން
ރޮވޭ ހަނދުމަ ވީމާ ހިތަށް ލިބެވި ދަތި
ހަނދާ
ހަނދުވަރުގެ ރިހި އެ އަލިކަމު ތެރޭ
ހަނދާން
ނުނެތުނޭ ދިންއުފާ ހަހަރުވެތި
ލިބުނު
ލޯބި މަސްތީ އަސަރުތައް ހިތަށް
މިބުނި ލޯބި ފިރުމުން ތަކުން ހިތްވެ ކަތި
ދިޔައި
އެކަނި ކޮށްފައި މިއަދު މާދުރަށް
ހިޔާވަހި މިތުރު ދީ އުޅުނު ލޭފަވެތި
މަރަށް
އަދު މަ ވެއްޖައިމެ ތައްޔާރު އެދި
ވަރަށް ދެރަވެ ޔާރާ ނުފެނި ލޯބިވެތި
އެނގޭ
ފަދަޔަކުން ހެޔޮ މިސާލެއްގަވާ
ވަގާ މީގޮނާ ނިމުނުހެން ލޯބިވެތި
އެދޭ
އެދުމަކީ އަދި ގޮވޭ ނަދުރަކީ
އެދޭ ހިތުގެ ރާޖާ ލިބުން މާރިވެތި
No comments:
Post a Comment