އަލަށް މަޔަކަށް ވެވުނު ހިދުގައި...
ޝަކީލާ ޙާމިދު ބިޖިލީގެ
އަލަށް މަޔަކަށް ވެނުވު ހިނދުގައި ލިބުނު އުފަލުން
މިހިތްފުރުނޭ
މަލެއްފަދަ ލޯބިވެތި މޫނަށް ބަލައިލާފާ ދޮނެއްދެވުނޭ
އެތައް އުފަލެއް މަށަށްލިބުނޭ ދެތަންވީހިނދު ހިތުން
ރޮވުނޭ
ހިތަށްކެއްނުވެވިގެން
ދަރިފުޅު އަވަސް އަވަހަށް އުރާލެވުނޭ
ނުހަނު މައުސޫމު ސޫރައެކޭ އެހާ ލޮބުވެތި އަދާތަކެކޭ
ނުހަނު ލޮބުވެތިވި ފުއްގަނޑެކޭ
އަބަދު ބޮސްދޭން މަހިތްއެދުނޭ
ނުލާހިކު ލޯބި ޙަރަކާތްތައް ކުރާތަންފެނި
މިހިތްފޮޅުނޭ
ނުލާހިކު އުފަލުގައި ފިރުމާލުމާއެކު ގިސްލެވެން ފެށުނޭ
އެތައްވޭނެއް އުފުއްލިކަމެއް ހަނދާނެއް އަމުދަކުން
ނުވިޔޭ
މިތަންވަޅު ސޫރަފެނުނީމާ އުފާއުފަލުން ކަރުނަ އޮހުނޭ
އަތާފައި ވަކިވަކިން ހިއްލާ އެތައްގިނަ
އަޑުއަޑެއްލައްވާ
ނިތާ ބުމަ ގޮށްޖަހާލީމާ ނަގާ ލޮއްސާލަދޭން ފެށުނޭ
ހިތާ ނަފުސަށް އުފާލިބިގެން މިދަރިފުޅު ބޮޑުކުރަން އެދިގެން
މިތާ ދުނިޔޭގެ ބާނިތަކުން ފިދާވާން ހިތްމަގޭ
އެދުނޭ
މިއީ ދުނިޔޭގެ ޤާނޫނޭ ހިނގާ ފިޠުރީ އުސޫލުމެޔޭ
މިއީ އަޒަލުގެ ނިޔާއެއްމޭ
މިއެއްބަދަލެއް ނުވެސްވާނޭ

No comments:
Post a Comment