މައިންބަފައިންނަށް ރަޙުމަތްލައްވާނދޭވެ!
ޝަކީލާ ޙާމިދު
ރާގު: ރަންތާޖުދެއްވާ މައިންބަފައިން
ސުވަރުގެ ދެއްވާ މައިންބަފައިންނަށް މަތިވެރި
މަޤާމެއް ދެއްވާނދޭ
އެވަރުގެ ދެވަނައެއް ނެތްފަދަ މަކާނެއް އެދެމީހުންނަށް ދެއްވާނދޭ
ޔާ ﷲ ﷲ އިންޝާﷲ ﷲ ﷲ
ދުނިޔޭގެ ހުރިހާ މޮޅަކާހެވެއް އަޅަމެން ނަސީބަށް
ލިބުމަށްއަދާ
އުނިވުންނުވާ ލޯބީގެ އާރުން ހިތްތައްއެކީ އަބަދުމެފުރާ
މަދަދާ އެހީތައް ދެއްވެވިފަދައިން މަތިވެރި ދަރަޖަތައް ދެއްވާނދޭ
ސުވަރުގެ ދެއްވާ
މައިންބަފައިންނަށް މަތިވެރި މަޤާމެއް ދެއްވާނދޭ
އެވަރުގެ ދެވަނައެއް ނެތްފަދަ މަކާނެއް
އެދެމީހުންނަށް ދެއްވާނދޭ
ޔާ ﷲ ﷲ އިންޝާﷲ
ﷲ ﷲ
ނިންޖާ އަރާމުން މަޙުރޫމުވެވިގެން ޚިދުމަތްކުރުމުގައި
ދެމިތިބި ފަދައިން
ނިންމާ ދުވަހު އަޖަލުގެ ހިސާބުން މަތިވެރި ނަސީބެއްދެއްވަވާ
ޖަންނަތުގެ މަތިވެރި މާތް ސުވަރުގޭން ގިނަގުނަ ދަރުމަތައް ދެއްވާނދޭ
ސުވަރުގެ ދެއްވާ
މައިންބަފައިންނަށް މަތިވެރި މަޤާމެއް ދެއްވާނދޭ
އެވަރުގެ
ދެވަނައެއް ނެތްފަދަ މަކާނެއް އެދެމީހުންނަށް ދެއްވާނދޭ
ޔާ ﷲ ﷲ އިންޝާﷲ ﷲ ﷲ
No comments:
Post a Comment