Tuesday, June 9, 2020

މަންމަގެ ދުލުން

  މަންމަގެ ދުލުން

           ޝަކީލާ ޙާމިދު

 

                                                                                                                              

ފަޚުރުވެރި ދިރިއުޅުމަކަށް މަންމާ ވަނީ ކެތް މަދުވެފާ

     ބަހުރު ހިންދުގެ ނިޢުމަތާ މެދުގައި ނިކަން ހިނިތުންވެފާ

ޢާއިލާގައި އެންމެ އިސްކޮށް ތިބި ދެބެންގެ ގުޅުންބަލައި

     ދާއިމީ  މަންފާ  ލިބުން އެދިގެން  އެހާމެ   އުފާވެފާ

ރީތި ނިޔަނެތި ދިރިއުޅުން ތެދުވެރި ވަފާތެރި ސުލްޙަވެރި

     ރީތިކޮށް ފެނިފައިވަނީ މަންމަގެ  ފުށުން   ކަމުގައިވެފާ  

ނާރުތަކުގައި ލޭހިނގާ މަންމަގެ ދަރިން އެކަތައިން ވުމުން

     ފާރަވެރި  ލޯތައްތިބީ  އެކަމާ   މެދަށް  ހިތްގޯސްވެފާ

ތަންވަޅެއް ހޯދައި ކަތުރުފަނި ކާންފެށީ ދަނޑިވަޅުބަލައި

      މަންމަޔަށް   މޭރުންނުކޮށް  ކައިހުސްކުރަންތާ ކަށިހަފާ  

ވަކިވެދާ ފަހުދިހަ ތެރޭގައި ފެނި މިދާ މަންޒަރުތަކުން

      ވަކިވަނީކަން ގައިމުވެއްޖޭ  ފަސްމަގުން  ލިބިދިން އުފާ  

ކޮންމެ ދަރިޔަކު ކަރުހިފާ އޮޅުލާ ވަރުން ހިތްދަތިވެގެން 

      މަންމަ އެވަނީ  ކަރުނައިން ފުރިގެން ދެލޯ  ތެމިފޯވެފާ

ނަންކުރާ ދުނިޔޭގެ ސުވަރުގެއިން އަމާންކަން ގެއްލުމުން   

      މަންމަ މީނީ   ކުރިމަގުގެ   ނާމާންކަމަށް  ބިރުހީވެފާ

9/6/2015


No comments:

Post a Comment

Kiyamakiyama (Privacy Policy)

https://kodular.app/CPG-OFL   Privacy Policy Updated at 2022-01-11 Kiyamakiyama ("we," "our," or "us") is comm...